“އިސްލާމިކް ފެއަރ” މިއަދު ހަވީރު ހުޅުވައިފި
މިއަދު ހުޅުވި އިސްލާމިކް ފެއަރގެ ތެރެއިން - ފޮޓޯ : ވަސީމް / ދިއިސްލާމްމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި ގުޅިގެން ބާއްވާ “އިސްލާމިކް ފެއަރ” މިއަދު ހަވީރު ހުޅުވައިފިއެވެ.އިސްލާމީ މަރުކަޒްގައި ކުރިއަށްދާ މިފެއަރ މިއަދު 16:30 ހާއިރު ހުޅުވައި ދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ ރައީސް އެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޙްމަދުﷲ ޖަމީލް ވިދާޅުވި ގޮތުގައި މި ފެއަރ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. ފެއަރ ހުޅުވިފައި ހުންނަ ގަޑިއަކީ ހަވީރު 16:00 ން 18:00 ށް އަދި ރޭގަނޑު 20:00 ން 22:00 ށެވެ.މިފެއަރ ހުޅުވިފައި ހުންނަ ގަޑިތަކުގައި ޢިލްމުވެރިން މެދުވެރިކޮށް ދީނީ ސުވާލުތަކަށް ޖަވާބު ދިނުމާއި ދީނީ ކައުންސެލިންގ ދިނުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިކަމުގައި މިއަދު ހަވީރު ހަރަކާތްތެރިވެލެއްވި ޢިލްމުވެރިންގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އުޘްމާން ޢަބްދުﷲ، އައްޝައިޚް އަޙްމަދު ސަލީމް، އަލްއުސްތާޛާ އަނާރާ ނައީމް ފަދަ ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.މި ފެއަރގައި އިސްލާމިކް މިނިސްޓްރީގެ ސްޓޯލްތަކުގެ އިތުރުން އަސްރަފީ ބުކްޝޮޕާއި، ރިސާލާ ބުކްޝޮޕްގެ ސްޓޯލްތައް ބަހައްޓާފައިވެއެވެ. މި ސްޓޯލްތަކުން ތަފާތު ފޮތްތަކާއި ސީޑީ ފަދަ ތަކެތި ހެޔޮ އަގެއްގައި ލިބޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން އިންޑިޔާގެ އިސްލާމިކް އާޓް ދައްކުވައިދޭ ފޮޓޯ ތަކާއި، ރަޝިޔާގެ ބައެއް އިސްލާމީ ބިނާ ތަކުގެ ފޮޓޯތަކާއި، ރާއްޖޭގެ މިސްކިތްތަކުގެ ފޮޓޯ ތައް ބެހެއްޓިފައި ވެއެވެ. އަދި ގެފުޅުގެ ނަމޫނާ ދައްކުވައިދޭ މޮޑެލް އެއް ބަހައްޓާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ