ގޭބިސީތަކުން ކަރަންޓުގެ އަގު ހެޔޮ ކުރަނީ

މާލެ ގޭބީސީތަކުގެ ކަރަންޓު ބިލުގެ އަގު ކުޑަ ކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާލޭ ސަރަހައްދުގެ ކަރަންޓުގެ އަގު މިދިޔަ ޖެނުއަރީ ބަދަލުކުރި އިރު ހުރި ވަރަށް ޢާންމު ގޭބިސީތަކުގެ ކަރަންޓު ބިލު ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ އެޖެސްޓުމެންޓު ގެނެސް ޢާންމު ރައްޔިތުންނަށް ބެލެންސްވާ ގޮތަށް ބަދަލު ކުރާނެ ކަމަށެވެ.
އަގަށް އަލަށް ގެނައި ބަދަލާއެކު ސަރުކާރުގެ ތަންތަނަށް ކަރަންޓުގެ އަގު ބޮޑުވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. ކަރަންޓު ޚިދުމަތުގައި ވިޔަފާރި ކެޓަގަރީގައި 600 ޔުނިޓުގެ ބޭންޑުން މައްޗަށް އިތުރު ތިން ބޭންޑެއް އިތުރުކޮށް، ކަރަންޓުގެ އަގަށް އިއްޔެ ގެނެސްފައިވާ ބަދަލާއެކު ވިޔަފާރިތަކުން ޔުނިޓަކުން އެއް ރުފިޔާ ނުވަތަ ދެ ރުފިޔާ ވަނީ ބޮޑުވެފައެވެ.
މިކަމުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ބުނީ އެ މީހުން ވިއްކާ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވެގެންދާނެ ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ