ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިނިވަން ކޮށްފިއެވެ.
ރިޔާޒު މިއަދު މިނިވަން ކޮށްފައި މިވަނީ، ޖަލުގައި މިހާރު ތިއްބެވި އިދިކޮޅު ގިނަ ސިޔާސީ ފަރާތްތަކެއް ދޫކޮށްލުމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ޓަކައި އެބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނިންމި ނިންމުމުގެ ދަށުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށްފަހުއެވެ.
އަދި އޭނާ މިނިވަން ކޮށްފައިވާއިރު، ފުލުހުންގެ ތަހުގީގެއްގައި ރިޔާޒުގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަމަށް ރިޔާޒް ދެކޮޅު ހެދި މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެ ރިޔާޒު ހަތަރު މަހާއި 24 ދުވަހަކަށް ޖަލަށްލާން ހައި ކޯޓުން މިދިޔަ އޭޕްރިލް މަހު ކުރި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް އޭނާ މިނިވަން ކޮށްފައި ބަންދުކޮށްފައި ބަހައްޓާފައި ވަނިކޮށެވެ.
އޭގެ އިތުރުން ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ބައެއް ފުލުހުންނާ ސުވާލުކޮށް، މުއާމަލާތްކުރި މައްސަލައަކާ ގުޅިގެން، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން ރިޔާޒު ބަންދުކޮށްގައި ހުންނެވިއިރު ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް އުފުލައިފައެވެ.
ރިޔާޒުގެ އިތުރުން ބަންދާމެދު މިއަދު ގޮތެއް ނިންމަން ކޯޓަށް ގެންނަ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ވެސް ހިމެނެއެވެ.
އޭގެ އިތުރުން މައްޗަން ގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި އަލީ ހަމީދު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވެސް މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އަބްދުﷲ ރިޔާޒު މިނިވަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ