އެފްއޭމުން އިންތިޒާމް ކޮށްގެން އައްޑޫސިޓީ ހިތަދޫގައި ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި މިއަދު ބައްދަލުކުރީ އައްޑޫ ހައި ސްކޫލާއި، އިރުޝާދިއްޔާ ސްކޫލެވެ.
މިމެޗު 5-2 ލަނޑުން ކާމިޔާބުކުރީ އިރުޝާދިއްޔާ ސްކޫލެވެ. މިމެޗުގައި އިރުޝާދިއްޔާ ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން 4 ލަނޑު ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރ 7 ހުސައިން އައިކެވެ. އެޓީމުގެ އަނެއް ލަނޑު ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރ 11 އަހުމަދު ލޫތު އައްބާސެވެ. އައްޑޫހައިސްކޫލުގެ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖާޒީ ނަމްބަރ 9 ރަފާހު އިބްރާހީމެވެ.
މިމުބާރާތުގެ މާދަމާގެ މެޗުގައި ބައްދަލުކުރާނީ ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލެވެ.
އިރުޝާދިއްޔާ އާއި އައްޑޫހައި ސްކޫލް މެޗު އިރުޝާދިއްޔާ ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ