ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހަދަން ހުރިހާ މަސައްކަތެއް ކުރާނަން: ރިޔާޒު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ގާސިމް އިބްރާހިމަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސަތްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފަށާނެ ކަމަށް ޖޭޕީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ. ގާނޫނުއަސާސީއަށް 2015ވަނަ އަހަރު މަޖިލީހުން ގެނައި ބަދަލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރެއްވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. ގާސިމަށް މިދިޔަ އަހަރު 65 އަހަރު ވެފައިވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދެން ކުރިމަތިލެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ. އަޅުގަނޑުމެނަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރާނަމޭ ގާނޫނުއަސާސީ ބަދަލުކޮށް 2018ގައި ޖޭޕީގެ ޓިިކެޓްގައި ރިޔާސީ އިންތިހާބުގައި ގާސިމްގެ ނަންފުޅު ހިމެނުމަށް، އަބްދުﷲ ރިޔާޒު ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކުރުމަށް މ. ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ގާސިމަކީ ސިޔާސީ ދާއިރާއިން ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމުގެ ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވާ ލީޑަރެއް ކަމަށާއި އެ މަގު ފަހިކުރުމަށްޓަކައި ޖޭޕީގެ ޕާލިމެންޓަރީ ގްރޫޕުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. "އަޅުގަނޑު މިއަދު ޖުމްހޫރީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ވެސް ޔަގީންކަން އަރުވަނީ އަޅުގަނޑުމެނަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރާނަމޭ ގާނޫނުއަސާސީ ބަދަލުކޮށް 2018ގައި ޖޭޕީގެ ޓިިކެޓްގައި ރިޔާސީ އިންތިހާބުގައި ގާސިމްގެ ނަންފުޅު ހިމެނުމަށް،" ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި އެ ނިންމުން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާސިމަށް ވާދަ ކުރުމުގެ މަސަތްކަތް ކާމިޔާބު ކުރުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމަކީ ޖޭޕީގެ މެމްބަރުންނަށް ލާޒިމް ކަމެއް ކަމަށެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް އަދާ ކުރެއްވި ރިޔާޒު ވިދާޅުވީ ޖޭޕީގެ ގިނަ މެމްބަރުންތަކެއް މި ވަގުތު މަޑަމަޑުން ތިއްބަވަަނީ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ. "މިއަދު އަޅުގަނޑުމެން ލީޑަރު ވިދާޅުވެގެން މަޑުމަޑުން ބައެއް ފަހަރު ދައްކަން ބޭނުންވާ ވަހަކަ ނުދައްކައި މިހެން މަޑުކޮށްލައިގެން ހުންނަ ހުރުމަކީ އަޅުގަނޑުމެން ހިތުން މަޑުކޮށްގެން ހުންނަ ހުރުމެއް ނޫން. އަޅުގަނޑުމެން ވާހަކަ ދައްކަން ބޭނުން. އަޅުގަނޑުމެން ހައްގު ވާހަކަ ދައްކަން ބޭނުން. ރައްޔިތުންނަށްޓަކައި ވާހަކަ ދައްކަން ބޭނުން. މިގައުމަށްޓަކައި ވާހަކަ ދައްކަން ބޭނުން،" ރިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަކި މީހަކަށް އަމާޒްކޮށްގެން ގާނޫނު އަސާސީއަށް ބަދަލުކޮށް ވަކިބައެއްގެ ވިޔަފާރީއާ ދިރުއުޅުމަށް ކުރާ މަސަތްކަތް ހުއްޓުވުމަށް ކުރާ މަސަތްކަތަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި ހައްގައް ނަސްރުލިބޭނެ ދުވަސް ވަރަށް ގާތްވެއްޖެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ