އިންޓަރ ސްކޫލް މައިލޯ ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލާއި ޝަރަފުއްދީން ބައްދަލުކުރި މެޗް 7-4 ލަނޑުން ފޭދޫ ސްކޫލް މޮޅުވެއްޖެއެެވެ. މިއީ 17 އަހަރުން ދަށުގެ އުމުރުފުރާގައި މިފަހަރު ފޭދޫ ސްކޫލަށް ލިބުނު ފުރަތަމަ މޮޅެވެ.
މެޗްގައި ފޭދޫ ސްކޫލުން ޖެހި 7 ލަނޑުގެ ތެރެއިން 5 ލަނޑު ޖަހާދިނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ހަސަން ލައިސް އަދުނާންއެވެ. އެޓީމްގެ އަނެއް ދެލަނޑު ޖެހީ އިބްރާހިމް ނަވާލް އާއި ހަސަން ޝިޔާހްއެވެ.
ޝަރަފުއްދީން ސްކޫލްގެ ލަނޑުތައް އެޓީމަށް ޖަހާދިނީ އަހްމަދު ހާމީ ނަޖާހް އާއި އަސަދުއްﷲ އަލީ ސައީދު އާއި އިބްރާހިމް އަމީމްއެވެ. އަމީމް ވަނީ ދެ ގޯލް ޖަހާފައެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ހިތަދޫ ސްކޫލް އާއި ސ. އަތޮޅު މަދަރަސާއެވެ.
ޝަރަފުއްދީން ބަލިކޮށް ފޭދޫ ސްކޫލް ފުރަތަމަ މޮޅު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ