އިހްތިޖާޖު މި ކުރަނީ މަޖުބޫރުވެގެން، ހުއްޓާ ނުލާ ކުރިއަށް ގެންދާނަން: އިދިކޮޅު އިއްތިހާދު

ސަރުކާރާ ދެކޮޅަށް އިހްތިޖާޖު ކުރަމުންދަނީ އެ ނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށާއި އިހްތިޖާޖު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ މެމްބަރު އަލީ ނޒީރު ވިދާޅުވީ ފުލުހުން ދައްކާ ބިރަކަށް އަދި ކުރާ އަނިޔާއަކަށް ބިރުން ރައްޔިތުން ކުރަމުންދާ އިހްތިޖާޖު ހުއްޓާނުލާނެ ކަން ފުލުހުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"ދިވެހި ދައުލަތް މިއޮތީ ރޫޅިފައި. ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބަރާބަރަށް މަސައްކަތް ކުރަމުން ނުދޭ. ދިވެހި ރާއްޖޭގެ ކޯޓުތައް ހިނގަމުންނެއް ނުދޭ. ދިވެހި ސަރުކާރު މި އޮތީ ބޮޑު ލަދެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ފެންނަން. އެހެންވީމަ ދިވެހި ރައްޔިތުންގެ ހައްގުތައް ގެއްލެމުންދާތީވެ، ދިވެހި މާލިއްޔަތު ހަފުސްވަމުންދާތީ މިއަދު ދިވެހި ރައްޔިތުން އިހްތިޖާޖު ކުރަމުންދަނީ އިހްތިޖާޖުކުރަން މަޖުބޫރުވެގެން،" އޭނާ ވިދާޅުވި އެވެ.  
ރައްޔިތުންގެ އިހްތިޖާޖު ހުއްޓޭނެ ހަމަ އެކަނި ގޮތަކީ ގާނޫނާ ހިލާފު އަމުރުތަކަށް ތަބާވެ ފުލުހުންނާއި ސިފައިންކުރަމުންދާ ކަންކަން ހުއްޓާލައި، ރައީސް އަބްދުﷲ ޔާމިން ހިންގަވަމުންދާ ޢައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުން ކަމަށެވެ.  
އޭގެ އިތުރުން އޭނާ ވިދާޅުވީ އިދިކޮޅު އެއްވުމުގެ ތެރެއިން މިރުސްފެން ކޮތަޅުތަކެއް ފެނުން ކަމަށްބުނެ ފުލުހުން ވާހަކަ ދައްކަމުންދިޔަ ނަމަވެސް އެއީ އިދިކޮޅު އިހްތިޖާޖުތަކާ ގުޅުން ހުރި އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަން ބޭރު ދުނިޔެ އިން ވެސް ދިވެހި ރައްޔިތުން ވެސް ގަބޫލު ނުކުރާނެ ކަމަށް ފާހަގަ ކުރައްވައި ވިދާޅުވީ ފުލުހުން ހެކި އުފައްދައިގެން ކުރާ ކަންކަމަކީ މީގެ ކުރިން ވެސް ފެނިފައިވާ ކަންކަން ކަމަށެވެ.
ދިވެހި ރައްޔިތުން އެމީހުނަށް ހައްގުވާ މިންވަރު ހޯދަން ނިކުންނާނެ ކަމަށާއި ފުލުހުން ދައްކާ ވާހަކައަކުން އަދި ކުރާ ކަމަކުން އެކަން ހުއްޓާނުލާނެ ކަމަށް ތަކުރާރުކޮށް ފާހަގަ ކުރައްވައި، އޭނާ ވަނީ ވީހާ ވެސް ގިނަ ބަޔަކު މާލޭގެ މަގުތައް މައްޗަށް ނިކުމެ އަޑުއުފުލަން އިދިކޮޅު އިއްތިހާދުގެ ފަރާތުން ގޮވާލާފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ