ޓެކްސް ނުދައްކާ 4 ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއިގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފި

ޓެކްސް ނުދައްކާ 4 ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއިގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ. އެގޮތުން، ބެސްޓް ޗޮއިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީއެސްޓީއާއި ގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ ތިން މިލިއަން ތިން ލައްކަ އެގާރަހާސް ހަތަރުސަތޭކަ ރުފިޔާ 4 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ހުކުމް ކޮށްފައިވާއިރު، ކެޕިޓަލް އެޖް ޕްރައިވޭޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޓީޖީއެސްޓީއާއި ގުޅޭ ޖޫރިމަނާގެ ގޮތުގައި ސާޅީސް އެއްހާސް ސާދަ ޑޮލަރު 1 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ. މީގެ އިތުރުން ބީޕީޓީ އަދި އެއާއިގުޅޭ ޖޫރިމަނާ އަދި އިންޓަރެސްޓްގެ ގޮތުގައި ޖުމްލަ ހަ ލައްކަ އަށްޑިހަ ހަތް ހާސް ހަ ސަތޭކަ ސާޅީސް ހަ ރުފިޔާ ދެއްކުމަށް ލޮޓަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ. ސިވިލް ކޯޓުން ވަނީ އެމޭޑިއަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީއެސްޓީ އަދި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ޙުކުމް ކޮށްފައެވެ. މި ޙުކުމްގައި ބުނެފައިވަނީ، އެ ފަރާތުން ޖީއެސްޓީ އާއި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ ފަސް ލައްކަ ހަތްދިހަ އަށް ހާސް ތިން ސަތޭކަ ވިހި ރުިފިޔާ ދެމަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް އެމޭޑިއަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ