ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ކްރިމިނަލް ކޯޓު ސަރަހައްދުގައި ކުރަމުންދާ އިހުތިޖާޖުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.
ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކަމުންގެންދާއިރު, އެ ސަރަހައްދުގައި އެބޭފުޅުންގެ އާއިލީ ބޭފުޅުންނާއި ތާއީދުކުރައްވާ ފަަރާތްތަކުން ދަނީ އެހުރިހާ ބޭފުޅުން މިނިވަންކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅު މެމްބަރުންނާއިކު ނަސްރީނާ ބައިވެރިވަޑާއިގެންފައިވާއިރު މިއީ އެކަމަނާ އެފަދަ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ރައީސް މައުމޫނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ އިރު އެ މަނިކުފާނުގެ މައްޗަށްވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން, ސަރުކާރު ވައްޓާލަން އުޅުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު އެމަނިކުފާނަށް ދައުލަތުން ވަނީ ކޮށްފައެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފައިވާ އިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މައުމޫން ހަމީދު ރާއްޖެއިން ބޭރުގައި ވަޑައިގެން ހުންނެވުމުން އަޑުއެހުން ފަސްކޮށް ދިނުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މައުމޫން ކޯޓަށް ހާޒިރު ކުރުމުން ނަަސްރީނާވެސް އިހުތިޖާޖަށް ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ