މާލޭގައި ކަރަންޓު މައްސަލައެއް ދިމާނުވާނެ - މިނިވަން 50 އޮފީސް

މާލެއަށް
ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރަކަށް ދިމާވި ބޮޑު މައްސަލައާ ގުޅިގެން
މިނިވަން ފަންސާހާ ގުޅިގެން ކުރިއަށް ގެންދާ ކުޅިވަރުތަކަށާއި މާލެ ދިއްލުމުގެ ކަންތައްތަކަށް ބުރޫ
ނާރާނެކަމަށް މިނިވަން ފަންސާސް އޮފީހުން ބުނެފިއެވެ. 
މިނިވަން ފަންސާސް އޮފީހުގެ
ފަރާތުން ހޯމް މިނިސްޓަރުގެ ނާއިބު އަހުމަދު ސަލީމް ޕީއެސްއެމް ނިއުސްއަށް
މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިނިވަން ފަންސާހުގައި މާލެ ދިއްލުމަށް ކުރާ
މަސައްކަތުގައި އެންމެ ބޮޑު ކަރަންޓެއް ހޭދަވާނީ ގަލޮޅު ދަނޑުގައި ބާއްވާ ކުޅިވަރު
ހަރަކާތްތަކަށްކަމަށެވެ. 
ނަމަވެސް ސްޓެލްކޯއާއި ވާހަކަ ދެއްކުމަށްފަހު ގަލޮޅު
ދަނޑުގައި މިހާރު ބޭނުންކުރަމުން ގެންދާ ޓްރާންސް ފޯމަރުތައް ބޭނުންކޮށްގެން
އެހަރަކާތް ކުރިއަށް ގެންދެވޭނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އިތުރު ޓްރާސް
ފޯމަރެއްވެސް ސްޓެލްކޯއިން ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް
ވިދާޅުވިއެވެ. " ގަލޮޅު ދަނޑުގަ އެބަހުރި 4 ޓްރާސްންސް ފޯމަރު. އެއީ، ދަނޑުގެ ބޮޑެތި ލައިޓްތައް ދިއްލާ އެއްޗެއް. އެއިން އަހަރެމެންނަށް ކަރަންޓް ބޭނުންކުރެވޭނެ. އަދި ސްޓެލްކޯއިން އިތުރު ޓްރާންސް ފޯމަރެއްވެސް އެބަ ގެނެސްދޭ" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، މާލެތެރޭގައި ދިއްލުމަށް ބޭނުންކުރާ ލައިޓް ނުވަތަ
ބޮކި ތަކަކީ ލެޑް ލައިޓްތަކަކަށްވާތީ އެއަށް މާބޮޑު ކަރަންޓެއް
ނާރާނެކަމަށެވެ. އެހެންނަމަވެސް ކަރަންޓު ކެނޑުނަސް ކެނޑޭނީ، އާންމުކޮށް މާލެއިން
ކަރަންޓް ކެނޑޭ އުސޫލުންކަމަށާއި، ކަރަންޓް މައްސަލައެއް ނުޖެހި މިނިވަން
ފަންސާހުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދިވެސް
ސްޓެލްކޯއާއެކު މަޝްވަރާތައް ކުރިއަށްގެންދާކަމަށް މިނިވަން ފަންސާސް އޮފީހުން
މަޢުލޫމާތުދެއެވެ. 
މާލެއަށް ކަރަންޓް ފޯރުވައިދިނުމަށް ބޭނުންކުރަމުންދާ 8 މެގަވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން ކަރަންޓް
ބޭނުންކުރެވޭ ނިސްބަތަށް ބަލާ ލޯޑް މަތިވާނަމަ ބައެއް ސަރަހައްދުތަކުން ކަރަންޓް
ކަނޑާލަން ޖެހިދާނެކަމަށް ސްޓެލްކޯއިން އިއްޔެވަނީ ބުނެފައެވެ. އަދި އެ
ޖަނަރޭޓަރުގެ މަރާމާތަށް ބައެއް ބައިތައް ރާއްޖެއިން ބޭރުން ގެންނަންޖެހޭތީ
އެކަމަށް 2 ހަފްތާގެ މުއްދަތެއް ހޭދަވާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ