ބަންޑާރަ ނައިބު ހުންނެވީ ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފުވެފައި - ރޮޒޭނާ

ބަންޑަރަ ނައިބު މުހައްމަދު އަނިލް ހުންނެވީ ސްޕްރީމް ކޯޓުގެ އަމުރާއި ހިލާފުވެފައިކަމަކަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެެވެ.
ސަންގު ޓީވީއާ ފޯނުން ވާހަކަދައްކަވަމުން ރޮޒޭ ވިދާޅުވީ، މިހާރު ސްޕްރީމް ކޯޓުން ނެރެފައި އޮތް އަމުރުގައި އޮތް އެއްޗެއް ސާފު ކުރަން ޖެހޭނެކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެންމެ އާދައިގެ އެއްވެސް ލޯ ޑިގްރީއެއް ބޭނުމެއް ނުވޭ އެ ވިދާޅުވެފައި އޮތް ބަސްތައް އެނގި ގަންނާކަށެއް. ކޮންމެ މީހަކަށްވެސް ވަރަށް ސާފުކޮށް އިނގޭނެ އިބާރާތުން ސްޕްރީމް ކޯޓުގެ ހުކުމް މިފަހަރު ހަމަ އެ އޮތީ". ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ، ސްޕްރީމް ކޯޓުގެ ކުރީގެ ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ވަކި ކުރިއޭ ކިޔައިގެން ސަރުކާރުން ގެންދެވި ނަމަވެސް، އެ ކޯޓުން މެންބަރުން ވަކި ނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ކިޔަމުން ގެންދެވި ކަމަށާއި، އެ ހުކުމްގައި އެއްވެސް ވަރަކަށް އެ މެންބަރުން ވަކިވި ވާހަކައެއް ނެތް ކަމަށެވެ. އަދި "އެ ހުކުމްގައި ސާފްކޮށް އޮަތީ ހުކުމް ކުރި ފަހުން ވަކިވާ މީހަކު އެއަށް އެޕްލައި ވާނީ". ރޮޒޭ ވިދާޅުވިއެވެ.
އެ ވާހަކަތައް ވަރަށް ސާފްކޮށް ލިޔެވިފައި އޮތްއިރު، އެއިރުވެސް ސަރުކާރުން ނިންމެވީ އެ ބޭފުޅުން ބޭނުން ގޮތަކަަށް އެ ހުކުމް ތަރުޖަމާކޮށް ބޭނުން ގޮތަކަށް ކަންތައްތައް ކުރައްވަން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"އެގޮތުން ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައި ގަނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މަޖިލީހަށް ވެއްދުނަ ނުދީ އެތައް ދުވަހެއް ވަންދެން ހިފަހައްޓަވައިގެން އެބޭފުޅުން ގެންގުޅުއްވި. އެވެސް ގާނޫނާއި ހިލާފަށްކޮށްފައި ހުރި ކަންތައްތައް ކަމަށް މިހާރު ސްޕްރީމް ކޯޓުގެ އަމުރުގައި ވަރަށް ސާފްކޮށް ލިޔެވިގެން ގޮސްފައި އެބަ އޮތް. އަދި އެ ހުކުމް އެ ބޭފުޅުން ނުބައިކޮށް މާނަ ކުރެއްވިކަން ވެސް އެބަ އޮތް.". ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭ ވިދާޅުވީ، އަނިލް ދައްކަވާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އަނިލް ކުރައްވާ ކަންތައްތަކުން "އަޅުގަނޑަށް ގަބޫލުކުރެވެނީ ސްޕްރީމް ކޯޓުގެ އަމުރާއި ހިލާފެވެފައޭ އެޓާނީ ޖެެނެރަލް ހުންނެވީ". ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ މިގޮތަށް ވިދާޅުވެފައި މިވަނީ ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ހިމެނޭ ގާނޫނީ ނުކުތާތަކާ އެކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ