އިޒްރޭލްގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ކަނޑައެޅުމަކީ ބޭ އިންސާފާއި ހަމަނުޖެހުމަށް ކުރެވޭ ތާއީދެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެއީ ބޭ އިންސާފަށް ތާއީދުކޮށް ކުރި ކަމެއްގެ ގޮތުގައި އެ ޓްވީޓްގައި މައުމޫން ސިފަ ކުރައްވާފައިވެ އެވެ.
ގުދުސްއަކީ އިޒްރޭލްގެ ތަނެއްގެ ގޮތުގައި ދުނިޔޭގެ އެއްވެސް ޤައުމަކުން ބަލައިނުގަނެ އޮތްއޮތުމަށް ގޮންޖަހައި އެމެރިކާގެ މިހާޜުގެ ރައީސް ނިންމެވި ނިންމެވުމަށް އަރަބި ދުނިޔޭގެ ހުރިހާ ޤައުމަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދ އިންވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އިޒްރޭލްގެ ވެރިރަށަކަށް ގުދުސް ހެދުމަކީ ބޭއިންސާފަށް ކުރެވޭ ތާއީދެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ