ކޮވިޑް19: ޖަމާލުއްދީނުގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވް ވެއްޖެ
ސްކޫލަށް ދިޔަ ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.ޖަމާލުއްދީން ސްކޫލުން މިއަދު ޕޮޒިޓިވްވި ދަރިވަރަކީ ގްރޭޑް 9 އެއްގައި ކިޔަވަމުން އައި ދަރިވަރަކެވެ. މިހާތަނަށް ކޮންޓެެކްޓުންގެ ގޮތުގައި ހަތަރު ދަރިވަރަކު ފާހަގަކުރެވިފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.އެޗްއީއޯސީން ވިދާޅުވީ، އެ ސްކޫލުން ފައްސިވެފައިވަނީ ގްރޭޑް 1ގައި ކިޔަވާދެމުންދާ ޓީޗަރެއް ކަމަށެވެ. އަދި އޭނާ ފައްސިކަން އެނގިފައި ވަނީ މިއަދު ކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.އަދި އެ ޓީޗަރާއި ގާތުން އެއްތާވި މީހުންގެ ތެރޭގައި ހިމެނެނީ 12 ޓީޗަރެއް ކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.މީގެއިތުރުން ބިލަބޮންގް ހައި ސްކޫލުން ވެސް ހަތަރު ދަރިވަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ސްކޫލުތަކުގައި ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވާއިރު މީގެ ކުރިން އަމީނިއްޔާ ސްކޫލުގައި ކިޔަަވައިދޭ ޓީޗަރެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.ކޮވިޑާ ގުޅިގެން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފެށީ މިދިއަ އާދިއްތަ ދުވަހު އެވެ. އޭގެ ފަހުން، މީގެ ކުރިން، އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ އިތުރު ޓީޗަރުންތަކެއް ކަރަންޓީންކޮށްފަ އެވެ. އެކަމަކު އަމީނިއްޔާގެ އެއްވެސް ދަރިވަރަކު ނުހިމެނެ އެވެ.އިއްޔެއާ ހަމައަށް ރާއްޖެއިން ކޮވިޑަށް 14،300އަށްވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13،474 މީޙުން ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 845 އެވެ. އޭގެ ތެެރެއިން 61 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ