ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) 20 މިލިއަން ރުފިޔާ ނެންގެވިކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ސިއްރު ބަޔާނުގައި ވިދާޅުވެއްޖެ އެވެ.
އެބަޔާނަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބު ފުލުހުންނަށް ދެއްވި ބަޔާނެއްކަން ވަނީ އެނގިފަ އެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުންދާ އަދީބު ދެއްވިބަޔާނުގައި ބުނެފައިވާ ގޮތުން ޝަރީފަށް، އަދީބު ހުށައެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް 'ކޯޓުތަކުގެ ގާނޫނަށް' އިސްލާހު ގެނައުމަށެވެ.
އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންނަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ޝަރީފު ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސް ވެސް ކުރި އެވެ. އަދި އެ އިސްލާހު މަޖިލީހަށް ޝަރީފު ހުށައެޅުއްވުމުން އެ އިސްލާހު މަޖިލީހުން ނެންގެވުމަށް އެމްޑީޕީން ހުށައެޅިއެވެ. އެކަމަކު އެ އިސްލާހު ފާސްވީ ޝަރީފާއެކު އެމްޑީޕީގެ ބައެއް މެމްބަރުންގެ ވެސް ތާއީދާއި އެކު އެވެ.
ތަފްސީލު އަންނަނީ...
'ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރަން 20 މިލިއަން ރުފިޔާ މަވޯޓާ އަދީބު އަތުން ނެންގެވި'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ