މުޅި ރާއްޖެއަށް ވެސް އޮތީ މޫސުން ގޯޯސްކޮށް

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ. އެ އިދާރާއިން ވަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް މޫސުމުގެ ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ އާ ހަމައަށެވެ.
މިއަދު ހެނދުނު 9:15 އިން ފެށިގެން މެންދުރު ފަހު 1:00 ޖެހުމާއި ހަމައަށް ވައިޓް އެލާޓް ދެމިއޮންނާނެ އެވެ. މެޓުން ބުނީ މި ވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑު ގައި ގަޑި އަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މިދިޔަ 24 ގަޑި އިރަށް ބަލާއިރު ރާއްޖެއިން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހއ. ކެލެއަށެވެ.
ރާއްޖެއަށް ވިއްސާރަ ކުރި ނަމަވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ އެއްވެސް ރަށަކަށް ސަރަހަށްދަކަށް ގެއްލުމެއް ލިބިގެން އަދި މިހާތަނަށް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. މިހާރު މިއީ ރާއްޖޭގެ އިރުވައި މޫސުވެ. ހިނގަނީ އިރުވައިގެ ފުރަހަޅަ ނަކަތުގެ ފަހު ދުވަހެވެ. މާދަމާ އުތުރުހަޅަ ނަކަތް ފަށާނެ އެވެ. މިއީ އުދައިގެ ނަކަތްތައް ފެށޭ ހިސާބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ