މުޅި ރާއްޖޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ، ބައިވެރިވާން ހުޅުވާލައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި މުބާރާތުގައި މާލޭ ސަރަހައްދުން ބައިވެރިވެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. ރަށްރަށުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ ރަށްރަށުގެ ކައުންސިލުތަކުންނެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.https://t.co/V5zQFYtd34 pic.twitter.com/VnJdhJfJjW— Min of Fisheries, Agriculture and Ocean Resources (@MFAORmv) June 14, 2026
ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ މި މުބާރާތުގެ ކޮންމެ ޓީމެއްގައި މެނޭޖަރަކާއެކު ގިނަވެގެން ހިމެނޭނީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި އުޅަނދުގެ ފަތުރުވެރިން ނުހިމެނޭނެ އެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން އަންނަ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
މުބާރާތް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ.
މި މުބާރާތުން އެއްވަނަ ޓީމަކަށް 30،000ރ، ދެވަނައަށް 25،000ރ، އަދި ތިންވަނައަށް 20،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި އެންމެ ބަރު މަސް ބާނާ މަސްވެރިޔަކަށް 5،000ރ. ދޭނެ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން 1 އެވެ. ހެވެ. އެ ދުވަސް ފާހަގަ ކުރަމުން އަންނަނީ 1992 އިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ