އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުޅުދުއްފުށި ސިޓީން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 66 ޕަސެންޓް ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާ ވާދަ ކުރައްވައި ނަޝީދު ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފަ އެވެ.
އެމްޑީޕީން މިއަދު އިއުލާން ކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ކުޅުދުއްފުށި އުތުރާއި ދެކުނުން ޖުމްލަ 437 މީހުން ވޯޓުލާން ނުކުތެވެ. އޭގެ ތެރެއިން ނަޝީދަށް ލިބިވަޑައިގަތީ ޖުމްލަ 288 ވޯޓެވެ. އެއީ 66 ޕަސެންޓެވެ. އަދި މީކާއިލަށް ލިބިވަޑައިގަތީ 164 ވޯޓެވެ. އެއީ 33 ޕަސެންޓެވެ
ނަޝީދު
ކުޅުދުއްފުށި އުތުރު - 124ކުޅުދުއްފުށި ދެކުނު - 164
މީކާއިލް
ކުޅުދުއްފުށި އުތުރު - 64ކުޅުދުއްފުށި ދެކުނު - 82
ނަޝީދާއި މީކާއިލްގެ އިތުރުން އިންތިހާބުގައި ވާދަ ކުރެއްވި މުހައްމަދު އިބްރާހިމް އަށް ކުޅުދުއްފުށި ދެކުނު ދެ މީހަކު ވޯޓު ދިނެވެ. އަދި ކުޅުދުއްފުށި އުތުރުން އެއް ވޯޓު ބާތިލްވި އެވެ.
ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވާ އިރު މީކާއިލްގެ ފަރާތުން ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީ އިންތިހާބު: ކުޅުދުއްފުށިން ޖުމްލަ 434 ވޯޓު، ނަޝީދަށް 66 ޕަސެންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ