ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.
ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި އެޖެންޑާކޮށްފައިވަނީ މާދަމާ 13:30 އަށެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް ތިން ދައުވާ އެއް ކުރެއެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މި މައްސަލަތަކާއި ގުޅިގެން ގާސިމްވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް 21 ދުވަސް ވަންދެން ޖަލުގައި ބާއްވާފައެވެ.
ގާސިމްގެ ޝަރީއަތް މަދަމާއަށް އެޖްންޑަ ކުރެވުނުއިރު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށްކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތު ނުވާކަމަށް މިއަދު ކޯޓުންވަނީ ހުކުމް ކޮށްފައެވެ.
ޝަރީއަތަށް މާދަމާ ގާސިމް ކޯޓަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ