މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ޕަވަ ޖެނެރޭޝަން އޭރިއާގެ މައްސަލައެއް ދިމާވެގެން ބޮޑު ބަޔަކު ކަރަންޓް ކެނޑުނީ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑެ އެވެ. މި މައްސަލަ ދެނެގަނެ ހައްލެއް ހޯދަން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ މާލޭގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރަނީ ގިނަ ދުވަސްވެފައިވާ ސިސްޓަމަކަށް ވުމުން އެ ސިސްޓަމްގެ މައްސަލަތަކާ ގުޅޭ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިސްޓަމަށް ދިމާވާ މައްސަލަތައް އެ ދިރާސާއިން ދެނެގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ