ރައީސް މައުމޫން ގާސިމްގެ ހާލު ބައްލަވާލައްވައިފި

މިއަދުގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކުރި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ހާލު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްލަވާލައްވައިފިއެވެ.
ރައީސް މައުމޫން ގާސިމްގެ ހާލު ބެއްލެވީ ގާސިމް އެޑްމިޓްކޮށްފައި އޮތް މެޑިކާ ހޮސްޕިޓަލަށް ވަޑައިގެންނެވެ.
މަޢުމޫލާތު ލިބިފައިވާ ގޮތުގައި ގާސިމް އެޑްމިޓްކޮށްފައިވަނީ، ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށްފަހުގައެވެ.
ގާސިމް އެޑްމިޓް ކޮށްފައިމިވަނީ، ދައުލަތުން ދައުވާ ކުރާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތަށް ގާސިމް މިއަދު ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނިކޮށެވެ.
އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު 14:00 ގައެވެ. ނަމަވެސް އެ ޝަރީޢަތް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ގާސިމްގެ ކޯޓަށް ހާޒިރުކޮށް ދައުވާއާ ގުޅޭ ލިޔުންތައް ހަވާލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ