މަޖިލީހާއި އެޗްއާރުސީއެމް އަދި ބޭރު ދުނިޔެއަށް ރައީސް މައުމޫނު ފާޑު ވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުކޮށްފައި ހުންނަ މައްސަލާގައި ރައްޔިތުންގެ މަޖިލީހާއި އެޗްއާރުސީއެމް އަދި ބޭރު ދުނިޔެއަށް ރައީސް މައުމޫނު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ފާރިސް ބަންދުކޮށްފައި ހުންނައިރު މަޖިީހާއި އެޗްއާރުސީއެމުން އަޅާނުލަނީ ކީއްވެތޯ ސުވާލު އުފައްދަވާ ރައީސް މައުމޫނު ކުރެއްވި ޓްވިޓްގައި ވިދާޅުވީ ބޭރު ދުނިޔެއިންވެސް އެކަމާއި އަޅާނުލާ ކަމަށާއި ހަމައެކަނި ދައްކަނީ ވާހަކަ ތަކެއް ކަމުގައެވެ.
އަދި ފާރިސް ހައްޔަރުކޮށްގެން ގެންގުޅެނީ އެއްވެސް ހެތްކެއް އަދި ގަރީނާއެއް ނެތިކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގެ މައްސަލާގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ތުހުމަތުގައެވެ. އަދި ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރު ކޮށްފައެވެ.
މިމައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާއިރު އަދި މައްސަލާގައި ދައުވާ ކުރިކަމެއް ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ