ސަރުކާރު ނޭވާހޮޅިއަށް އެޅެމުންދާތަން ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެމްބަރު ސައީދު ރޭ ކުރެވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ، މިހާރު ފެންނަމުންދަނީ ސަރުކާރު ނޭވާހޮޅިއަށް އެޅެމުންދާތަން ކަމަށާއި ރައީސް ޔާމީނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ދައްކާ ބިރަށް، ގައުމު ދޫކޮށް ފިލަން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ރައީސް ސޯލިހަށް އެނގިވަޑައިގަންނަވަންވީ އިންތިހާބުގައި ވޯޓުލާނީ ބޭރު ރައްޔިތެއް ނޫންކަން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު މިހެން ވިދާޅުވެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކުރަން ނިންމުމާ ގުޅިގެންއެވެ.
ގެލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސްލާގައި ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުކުރުމަށް އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތްތައް މެދުކެނޑުމަކަށްފަހު ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންގޮސްފައެވެ. އެއީ ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެކެވެ.
ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ސަރުކާރު ދަނީ ނޭވާހޮޅިއަށް އެޅެމުން: މެމްބަރު ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ