ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލައިފި
ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.ސްޓެލްކޯ އިން މިރޭ ބުނީ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވާ ކަމަށެވެ. ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ އެ މަސައްކަތް ނިމި، އެޗްޑީސީން ވަކި ގޮތެއް އެންގީމަ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.ހިޔާ ޓަވަރުތަކުގެ ކަރަންޓު ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވަނީ ހިޔާ ޓަވަރެއްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު އިއްޔެ ތާށިވެފައިވާތީ ލިފްޓުތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ."އެފަދަ އިތުރު ހާދިސާތައް ހިނގާފާނެ ކަމަށް ބަލައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލިފްޓުތައް ކޮމިޝަން ކޮށް ނިމެންދެން ކަރަންޓު ނުދޭން އެޗްޑީސީން ވަނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.ސްޓެލްކޯ އިން މިދިޔަ އަންގާރަ ދުވަހު ފަށާފައިވަނީ ކޮންމެ ދުވަހަކު ދެ ޓަވަރަށް ކަރަންޓު ދޭ ގޮތަށެވެ.ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލު ކޮށްފައިވާއިރު ބައެއް ފްލެޓުތަކުގެ އިންޓީރިއާ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މި މަސައްކަތް ނިންމަން ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ