ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފި

ސަރުކާރުން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުން ސަބްސިޑީ ކަނޑާލައި ހުރިހާ ރަށެއްގައި ވެސް ކަރަންޓުގެ އަގަށް ބަދަލު ގެނައުމަށް ނިންމާފައި ވަނިކޮށް، އަނެއްކާވެސް ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ނިންމާފައި ވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. ސަބްސިޑީ ކަނޑާލުމަށްފަހު ކަރަންޓުގެ އަގަށް ގެނައި ބަދަލަށް އަމަލު ކުރަން ފެށީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެލުގެ އަގަށް އަންނަ ހެޔޮ ބަދަލާއެކު ފެބުރުއަރީ އެއްވަނަ ދުވަހު ބޭނުން ކުރަން ފެށުނު ކަރަންޓު ޓެރިފް ރޭޓުތަކަށް އިތުރަށް ދަށް ކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު ފޯނަށް ޖަވާބު ނުދެއްވާތީ މި ބަދަލާ ގުޅޭ ތަފްސީލު އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. 1 Feb16 ga beynun kuran feshunu karant tariff rate thah, theluge agah annamundha heyo badhala eku, ithurah dhah kurumah R.Yameen ninmavaifi. — Thoriq Ibrahim (@Thoriqibrahim) February 12, 2016 އެނާޖީ މިނިސްޓްރީ އާއި ސްޓެލްކޯ އަދި ފެނަކަ ގުޅިގެން އަލަށް އެކުލަވައިލި އޮނިގަނޑުގައިވާ ގޮތުން މާލޭގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ސްޓެލްކޯ އިން ރަށްރަށުގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ކަރަންޓު ޔުނިޓަކަށް ދައްކަން ޖެހޭ އަގަށް ބަލާއިރު ދޭދޭ ރަށްތަކުގެ މެދުގައި ތަފާތެއް ނެތެވެ. މާޗް މަހުގެ ކަރަންޓް ބިލް ހިސާބުކުރާނީ އަގަށް ގެނައި އާ ބަދަލުން ކަމަށް ކުރިން ވަނީ އަންގާފަ އެވެ. އަގުތަކަށް އައި ބަދަލު، މާލެ ސަރަހައްދު: 301-400 ޔުނިޓް: ކުރިން ނެގީ 2.95 . މިހާރު ނަގަނީ 2.70 . ބަދަލު: -0.25 ރުފިޔާ 201-300 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.35 . ބަދަލު: -0.15 ރުފިޔާ 101-200 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.20 . ބަދަލު: -0.30 ރުފިޔާ 0-100 ޔުނިޓް: ކުރިން ނެގީ 2.25 . މިހާރު ނަގަނީ 2.10 . ބަދަލު: -0.15 ރުފިޔާ އަގުތަކަށް އައި ބަދަލު، އަތޮޅުތައް: 301-400 ޔުނިޓް: ކުރިން ނެގީ 5.00 . މިހާރު ނަގަނީ 3.50 . ބަދަލު: -1.50 ރުފިޔާ 201-300 ޔުނިޓް: ކުރިން ނެގީ 4.50 . މިހާރު ނަގަނީ 3.40 . ބަދަލު: -1.10 ރުފިޔާ 101-200 ޔުނިޓް: ކުރިން ނެގީ 4.25 . މިހާރު ނަގަނީ 3.30 . ބަދަލު: -0.95 ރުފިޔާ 0-100 ޔުނިޓް: ކުރިން ނެގީ 3.75 . މިހާރު ނަގަނީ 3.00 . ބަދަލު: -0.75 ރުފިޔާ އަލަށް ގެނައި ބަދަލާ އެކު ސަބްސިޑީ ކަނޑާލާފައިވާ އިރު، ކޮންމެ މަހެއްގެ ބިލަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނެ އެވެ. އެ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ