މާލޭގެ ގެތަކުގެ ކަރަންޓް މީޓަރުތަކުގެ ފޮޓޯ އޮންލައިންކޮށް ފޮނުވަން އެދިއްޖެ

މާލޭ ސިޓީގެ ގެތަކުގެ ކަރަންޓް މީޓަރުތަކުގެ ފޮޓޯ އޮންލައިންކޮށް ފޮނުވަން ސްޓެލްކޯގެ ފަރާތުން އެދިއްޖެއެވެ.
އެކުންފުނީގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް- 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށްވަދެ އުޅުމަކީ ގޭގޭގައި ދިރިއުޅުއްވާ ފަރާތްތަކަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރި ގޮތެއް ނޫންކަމަށެވެ. އެހެންކަމުން ނިމިދިޔަ އެޕްރީލް މަހުވެސް މީޓަރުގެ ފޮޓޯ ނަގައި އެ ކުންފުނީގެ ވެބް ޕޯޓަލް www.stelco.com.mv/smr މެދުވެރިކޮށް ފޮނުވުމަށް އެދުނުކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިފަދައިން މިހިނގާ މެއި މަހުވެސް ބިލްތައްޔާރު ކުރުމަށްޓަކައި، މީޓަރުގެ ފޮޓޯ ނަންގަވާ، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިށް އެ ފޮޓޯތައް އެ ކުންފުނީގެ ވެބް ޕޯޓަލް www.stelco.com.mv/smr އަށް ފޮނުއްވައިދޭން ސްޓެލްކޯއިން ވަނީ އެދިފައެވެ.
މީޓަރުގެ ފޮޓޯ ފޮނުުވުމުގައި މި ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ފޮނުވުމުގެ ބަދަލުގައި ވެބް ޕޯޓަލް ބޭނުން ކުރުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.
މި ޚާއްޞަ ހާލަތުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި، ބިލަށް ފައިސާ ދެއްކުމަށް އެ ކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ