ޕީޕީއެމް އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު މައުމޫން ފައުންޑޭޝަން އޮފީހުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށް ފަހު ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތަކަކީ ބަލައިގަނެވޭ ނިންމުންތަކެއް ނޫން ކަމަށެވެ. ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއް ހިންގުމުގައި އަމަލު ކުރަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވާއިުގައިވާ ގޮތުގެ މަތީން ކަމުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.
އެހެން ނަމަވެސް ޕީޕީއެމް މިހާރު ހިންގަމުން ދަނީ އަސާސީ ގަވާއިދާ މުޅިން ހިލާފަށް ކަމަށާއި އެންމެ ފަހުން ބޭއްވި ކޮންގްރެސް އަކީވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިޔަ ކޮންގްރެސްއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މީގެ އިތުރަށް ކޮންގްރެސް ބާއްވާފައި ވަނީ އަވަސް އަރުވާލައިގެން ކަމާއި ރައްޔިތުންނަށް ކޮންގްރެސްގައި ކަންތައް ހިނގައި ދިޔަ ގޮތް އަންގައި ދިނުމުގެ ފުރުސަތު މީޑިއާއަށްވެސް ދީފައި ނުވާ ކަމާއި ރަށް ރަށުގައި ތިއްބަވާ ޕާޓީގެ ގޮފިތަކަށް ނިސްބަތްވާ ބޭބޭފުޅުންނަށްވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅޫވީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ބާއްވަން ޖެހޭ ޖަލްސާއެއް ޕީޕީއެމްގެ މެމްބަރުންނަށްވެސް ވާނުވާ ނޭނގޭ ފަދައިން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވުމަށް ފަހު ނިންމެވި ނިންމެވުންތަކެއް ކަމުގައި ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ.
ޕީޕީއެމަށް ތާއިދު ކުރާ ބައެއް ރައްޔިތުން އަދިވެސް ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރި ވުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެ ކަމަށެވެ. ރައީސް ޔާމީނަށްވެސް އަދި އެ ނޫން ބޭބޭފުޅުންނަށްވެސް އެ ހައްގު އޮންނާނެ ކަމަށާއި އޭގެ ސަބަބުން އެއްވެސް ބޭފުޅަކަށް ނުހައްގުން އަނިޔާތަކެއް ލިބިގެން ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް އެ ހައްގުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރި ވުމުގައި ގައުމުގައި ހަމަނުޖެހުމަށް ފުރުސަތު ނުދެއްވުމަށް ރައީސް މައުމޫނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިދިކޮޅު ޕާޓިގެ ގޮތުގައި ހަރަކާތްތެރި ވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް ގަބޫލުފުޅު ކުރެއްވިި ނަމަވެސް ޕީޕީއެމް އަނބުރައި ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
ޕީޕީއެމް އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރިޔަށް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ