ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްދު ސޯލިހްގެ ކެމްޕެއިންގައި ކުރީގެ މިނިސްޓަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާތް އެކުވެރިޔާ އުމަރު ޒާހިރު ބައިވެރިވެ ވަޑައިގެންފި އެވެ.
އިބޫގެ ކެމްޕައިންގައި އުމުރު ޒާހިރު ބައިވެރިވެވަޑައިގަތީ މިއަދު ހަވީރު މާފަންނުގައި އިބޫ ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހިންގެވި ހަރަކާތުގެ ތެރެއިންނެވެ. އިބޫ ވަނީ ދޮރުން ދޮރަށް ހަރަކާތުގައި އުމަރު ޒާހިރުގެ ގެޔަށް ވެސް މިއަދު ވަޑައިގެން ފައެވެ. އަދި އިބޫ އާއި އުމަރު ޒާހިރު ވަނީ އެކުގައި ޖޭޒް ކެފޭއަށް ވަޑައިގެން ހަވީރުގެ ސައިފޮދު ބައްލަވައިގެންފައެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފަިއވާ އުމަރު ޒާހިރުއަށް ވަނީ ނިޝާން ޢިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވާފަ އެވެ.
އިބޫ މިއަދު އުމަރު ޒާހިރުގެ ގެއަށް ވަޑާއިގެންނެވިއިރު، މީގެ ކުރިން އިބޫ ވަނީ ދަައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޒާހިރު ހުސެއިނާ ވެސް ބައްދަލުކުރައްވާފަ އެވެ.
އިބޫ މިއަދު މާފަންނުގެ ގޭގެއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވިރު، މީގެ ކުރިން އިބޫ ވަނީ މާލޭގެ އެހެން އަވަށްތަކަށް ވެސް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ. އަދި ރައްޔިތުންގެ އެކޮންބޮޑުވުންތަކަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ހައްލު ހޯދަވާދެއްވާނެ ކަމަށް ވެސް އިބޫ ވަނީ ވިދާޅުވެަފައެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ތާއީދު ހޯދެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް، މިހާތަނަށް ރާއްޖޭގެ 127 ރަށަކަށް ވަޑައިގެން ދެ ލައްކަ އަށް ވުރެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވާ ކަމަށް އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އިއްޔެ ވަނީ ވިދާޅުވެފައެވެ.
އިބޫގެ ކެމްޕެއިންގައި އުމަރު ޒާހިރު ބައިވެރިވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ