ޕީޕީއެމްގެ އެންގުމާއި ހިލާފަށް ޖަލްސާއެއް ބާއްވާ ފާޑުކީ މައްސަލާގައި މައާފަށް އެދުމަށް އުމަރު ނަސީރަށް އެޕާޓީން ދިން މުހުލަތު ހަމަވި އިރު ވެސް އޭނާ މައާފަށް އެދިވަޑައެއް ނުގަތެވެ.
މިއަދު ބޭއްވި ޕީޕީއެމްގެ ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ މިރޭ ޕީޕީއެމުން ބާއްވާ ޖަލްސާގެ ކުރިން ޕަބްލިކްލީ އުމަރު މައާފަށް އެދެން އެނގުމަށެވެ.
ސީއެންއެމަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ވަގުތު ހަމަވުމުގެ ކުރިން އުމަރުވަނީ ސިންގަޕޫރަށް ފުރާ ވަޑައިގެންފައެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް އުމަރަށް ތާއިދު ކުރާ ގުރޫޕުން ބުނި ނަމަވެސް އެގުރޫޕުގެ ބައެއް މެމްބަރުން މިރޭގެ ޖަލްސާގައި ބައިވެރިވިއެވެ.
ސީއެންއެމުން ސުވާލު ދެންނެވުމުން ޕީޕީއެމްގެ ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވީ މިހަބަރާއި ގުޅޭ ގޮތުން ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ. އަދި އުމަރަށް ތާއިދު ކުރާ ފަރާތްތަކުގެ ތެރެއިން ވެސް ކޮމެންޓެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
ޕީޕީއެމުން ދިން މުހުލަތު ހަމަވި އިރު ވެސް އުމަރު މައާފަށް އެދިވަޑައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ