ހދ.ކުމުންދޫ ނެރުމައްޗަށް މިއަދު ހަވީރު ދޯންޏެއް އަރައިފި

ހދ.ކުމުންދޫ އަށް ވަންނަން އުޅުނު މަސް ދޯންޏެއް އެ ރަށު ނެރުމައްޗަށް މިއަދު ހަވީރު އަރައިފި އެވެ.
ހަވީރު 5:40 ހާއިރު ހިނގި މިހާދިސާގައި ނެރުމައްޗަށް އަރާފައިވަނީ ހދ.ކުރުނބީގައި ދުއްވާ "އަޒުމް" ނަމަކަށް ކިޔާ މަސް ބޯޓެއްކަމަށް ކުމުންދޫ ކައުންސިލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.
ކައުންސިލް އިދާރާއިން ބުނީ މަސް ބޯޓް ނެރުމައްޗަށް އެރުމާގުޅިގެން ބޯޓް ފުށްކުރުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން ފެށި ކަަމަށާއި ބޯޓުގެ ވެރި ފަރާތުން ބޭއްވިގޮތަށް އެ މަސައްކަތް ސިފައިންނާއި ރަށުގެ ރައްޔިތުންކޮށްފައިވާކަމަށެވެ.
އެބޯޓް ފުށްކޮށް އެހެލުމުގައި ހަރަކާތްތެރިވެފައިވަނީ އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ ކުޅުދުއްފުށީ ޕޯސްޓްގެ ފަރާތުން ކަމަށާއި ދޯނީގެ ވެރިފަރާތުން ބޭނުންވި ވަރަށް އެމަސައްކަތް މިއަދުގެ މެންދުރާއި ހަމަޔަށް ކޮށްނިންމާފައިވާކަމަށް ކޯސްޓްގާޑުން މައުލޫމާތު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ