ޖެނުއަރީ 28 ހުން ފެށިގެން ދުންފަތުގެ ހުރިހާ ބާވަތްތަކުގައި ލޭބަލް ޖަހަންޖެހޭނެ: އެޗްޕީއޭ

އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ ބާވަތްތައް ލޭބަލްނުކޮށް ހުންނަނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނޭކަމަށް ހެލެތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނު އަދި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ޤަވާއިދުގެ ދަށުން ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި، ވިއްކާ ދުންފަތުގެ އެކި އުފެއްދުންތައް ހުންނަން ވާނޭގޮތް ވަނީ ކަނޑައަޅާފައެވެ. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަމަންޓް އޮފް ހެލްތް ޕްރޮޓެކްޝަން" ގެ ފުރަތަމަ އިސްލާހް އަންގާރަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ.
އެޗްޕީއޭއިްނ ބުނީ މި އުސޫލަށް އިތުރުކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓާއި ނިކޮޓިން ޕައުޗް ހިމެނެއެވެ. އައު އުސޫލަށް ބަލާއިރު ދުންފަތުގެ އެއްވެސް އެއްޗެއް ރާއްޖެ އެތެރެކުރެވޭނީ ސިއްހަތުގެ އިންޒާރު އެ އެއްޗެއްގެ ބޭރުގައި ފެންނަގޮތަށް ޖަހައިގެންނެވެ. 
އެޗްޕީއޭއިން ވަނީ އަންނަ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުން އައު އުސޫލަށް އަމަލުކުރަން ފަށާނޭކަމަށާއި އުސޫލާ ހިލާފްވާނަމަ ޤާނޫނާއި ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ފިޔަވަޅު އަޅަމުންދާނޭކަމަށެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ވޭޕް މަނާކޮށް ސިނގިރޭޓުން ނަގާ ޑިއުޓީވަނީ ވަރަށް ބޮޑުކޮސްފައެވެ. މީގެ އިތުރުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގޮތުން ވަނީ ޖެނަރޭޝަން ބޭން އެއް ގެނައުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ