ހައްގުތަކުން މަހުރޫމް ކޮށްގެން ގެންގުޅެވޭނީ ކިހާދުވަހަކު: މެންބަރ އައްބާސް

ދައުލަތުގެ 3 ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ ސުޕަރމެޖޯރިޓީގެ ބޭނުން ހިފައިގެން ރައީސް ޑރ. މުއިއްޒު ހިންގާވާ ޖަރީމާތަކުގެ ކުޑަ މިންވަރެއްގެ ގޮތުގައި ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު އައްބާސް ވިދާޅުވާ ކަންކަމާމެދު ވިސްނާލުން ރަނގަޅެވެ. ރައްޔިތުން ބޭނުންވާ ގޮތަކީ ހަމައެއީ ހެއްޔެވެ.
މެންބަރ އައްބާސް ވިދާޅުވާ ގޮތުގައި ޕީ.އެން.ސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން އެމީހުންގެ ދާއިރާ ތަކުގެ ރައްޔިތުން ގެ ކަންބޮޑުވުން ތަކުގެ ވާހަކަ ދެއްކުމަކީ ރައީސް މުއިއްޒު މަނާކޮށްފަ އޮންނަ ކަމެކެވެ. ދާއިރާގެ ތަރައްގީގެ ކަން ކަމުގެ ވާހަކަ ދެއްކުމަކީވެސް ޕީ.އެން.ސީ ޕީޖީ ގްރޫޕްގެ މެންބަރުންނަށް މަނާކަމެކެވެ. 
މަޖިލިސް މެންބަރުންނަށް ރައީސް ޑރ. މުއިއްޒު މަނާކޮށްފައި އޮންނަ ކަންކަން ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ނުކުރާކަމަށް އައްބާސް ވިދާޅުވެއެވެ. މެންބަރު ނިސްބަތްވާ ދާއިރާގެ ރަށްރަށުގެ ތަރައްގީގެ ކަންކަން ނުވާ ވާހަކަ އާއި ރައްޔިތުން އުޅެމުންދާ ދަތިއުދަގޫ ހާލަތުގެ ވާހަކަ ނުދައްކާ މަންމަނުވެފައި ތިބުންނޫން ގޮތެއް ޕީއެންސީގެ ޕީޖީ މެންބަރުންނަށް ނޯންނަ ކަމަށް އޭނާ ވިދާޅުވެއެވެ.
އައްބާސް ވިދާޅުވަނީ ޕީއެންސީ ޕީޖީ ގްރޫޕްގެ މެންބަރުން ކުރަންޖެހޭ ކަމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ދިފާއު ކުރުމާއި ސަރުކާރުން ކުރާ ނުރަގަޅު ކަންކަން ދިފާއުކުރުން ކަމަށެވެ. ރައީސް ޑރ. މުއިއްޒު ސޯސަލްމީޑިއާގައި ކުރާ ޕޯސްޓުތައް ޝެއާރކޮށް ހެދުން ރައީސް ޕްރަމޯޓް ކުރުމަކީ އެމީހުނަށް ލާޒިމު ކަމެކަމަށްވެއެވެ.
ގާނޫނީ ޒިންމާއަކަށް އެމީހުން ހަދައިގެން އުޅެނީ ސަރުކާރުން މަޖިލީހަށް ފޮނުއްވާ ކޮންމެ ބިލަކަށް ސަރުކާރުން އެދޭގޮތަށް ބަހުސްކޮށް ބިލް ފާސް ކުރުމެވެ. މިނިވަން މުއައްސަސާތަކަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން ޝަރުތެއް ފެންވަރެއް ބެލުމެއްނެތި ރައީސް ޑރ. މުއިއްޒު މެސެޖު ކޮށްލާފައި ބުނާ ބަޔަކު އައްޔަނުކުރަން ފާސްކުރުމަކީ އެމީހުން ނިކަން ފަރިތައްކޮށް ކުރާކަމެކެވެ. އައްބާސް ވިދާޅުވެއެވެ. ކޯޓުތަކާއި މިނިވަން މުއައްސަސާތަަކުން ބޭރުކުރަން މުއިއްޒު ބޭނުންވެއްޖެ ކޮންމެ މީހަކު ބޭރުކޮށްލަ ދިނުމަކީ ވެސް ޕީއެންސީ ޕީޖީ ގްރޫޕް މެންބަރުން ވަރަށް ފަރިތަކޮށް ކުރާކަމެއް ކަމަށްވެއެވެ. 
ކަންކަން އެ ހިސާބަށް ގޮސްފައިވުމުން މެންބަރ މުހައްމަދު އައްބާސް އުފައްދަވާ ސުވާލަކީ ރައްޔިތުން ގެ މަޖުލީސް މެންބަރުންނަށް ދާއިރާ ތަކުގެ ރައްޔިތުން ވޯޓު ދިނީ މިހެން މިކަން ކުރަންތޯއެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުތައް ދޫކޮށްލާފައި ވަކި ޕާޓީ އަކުން ނުވަތަ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް އަމަލު ކުރަންތޯއެވެ. ތިޔަ ގޮތައް ކިހާ ދުވަހަކު ރައީސް ޑރ. މުއިއްޒު ގެ މަކަރުވެރި ،ދޮގުވެރި ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ މަޖުލީސް ގެ މެންބަރުން ގެ އިހުސާސްތަކާއި ދެކޮޅަށް އެ ދާއިރާގެ ރައްޔިތުންގެ ހައްގުތަކުން މަހުރޫމް ކޮށްގެން ގެންގުޅެވިދާނެތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ