ހަތަރު އަހަރަށްފަހު އެޑް ޝީރަންގެ ސޯލޯ އަލްބަމެއް

ވަރަށް އަވަހަށް އަމިއްލަ ސޯލޯ އަލްބަމެއް ރިލީޒްކުރާނެކަމަށް އެޑް ޝީރަން ބުނެފިއެވެ. މި ހަބަރު އޭނާގެ ފޭނުންނަށް އިންސްޓަރގްރާމް މެދުވެރިކޮށް ދުކޮށްލި ޕޯސްޓްގައި ބުނެފައިވަނީ މި އަލްބަމް މިމަހުގެ 25ގައި ރިލީޒްކުރާނެ ކަމަށެވެ.
މިއީ ހަތަރު އަހަރަށްފަހު އެޑް ޝީރަންގެ ސޯލޯއެއް ނެރޭ ފުރަތަމަ ފަހަރެވެ. ގްރެމީ އެވޯރޑް ޙާޞިލްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އެންމެ ފަހުގެ އަލްބަމަކީ 2019 ވަނަ އަހަރު ރިލީޒްކުރި "ނަންބަރ ސިކްސް ކޮލާބްރޭޝަންސް ޕްރޮޖެކްޓް" އެވެ. މި އަލްބަމްގައި އެމިނެމް އަދި ޖަސްޓިން ބީބާރ ފަދަ ލަވަކިޔުންތެރިންނާއެކު އޭނާގެ ޑުއެޓްތައް ހިމެނެއެވެ.
"ބޭޑް ހެބިޓްސް" ގެ ނަން ދީފައިވާ މި ސޯލޯ އަކީ 2017 ވަނަ އަހަރު ނެރުނު އަލްބަމް "ޑިވައިޑް" ގެ ސޯލޯ ލަވަ "ހެޕިއަރ" އަށްފަހު ސޯލޯ އެއް ނެރޭ ފުރަތަމަ ފަހަރުވެސް މެއެވެ. އެޑް ޝީރަންގެ ފޭނުންނަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ.
2019 އަހަރު ލޯބިވެރިޔާ ޗެރީ ސިއަރ ބޯރން އާއި ކައިވެނި ކުރިފަހުން އެޑް ޝީރަން ފެންނަނީ ވަރަށް ލޯ ޕްރޮފައިލްކޮށް އުޅޭ ތަނެވެ. މިދިޔަ ސެޕްޓެމްބަރުގައި އެދެމީހުންނަށް ވަނީ އަންހެން ކުއްޖަކުވެސް ލިބިފައެވެ.
'ޕާރފެކްޓް' 'ތިންކިންގ އައުޓް ލައުޑް' 'ފޮޓޮގްރާފް' ސުޕަރމާކެޓް ފްލާވަރސް' 'އައި ސީ ފަޔަރ' 'ދަ އޭ ޓީމް' 'ހެޕިއަރ' ޝޭޕް އޮފް ޔޫ' 'ސިންގް' އަދި 'ގިވް މީ ލަވް' އަކީ އެޑް ޝީރަންގެ މަޝްހޫރު ލަވަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ