ހަ ގަޑި އިރު ކަނު އަނދިރީގައި - ރައްޔިތުންގެ ޙާލެއް ނެތް: އައްޑޫ ރައްޔިތުން

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ހަވީރު 5 ޖެހިއިރު ކަރަންޓު ދިޔަގޮތަށް އަދިވެސް ކަރަންޓު ނާދެއެވެ. 6 ގަޑިއިރު ކަރަންޓު ނެތި އައްޑޫސިޓީގެ ހުރިހާ ރަށެއް އޮތީ ޖަނު އަނދިރީގައެވެ. މީގެ 10 ވަރަކަށް މިނިޓް ކުރިން ހުރިހާ ހިސާބަކަށް ކަރަންޓު ލިބުނު ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި އައްޑޫ ސިޓީއިން ވަނީ އަނެއްކާވެސް ކަރަންޓު ކެނޑިފައެވެ. ކަރަންޓު ނެތުމުގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންތިބީ ކުޑަކުދިން ގޮވައިގެން މަގުމައްޗަށް ނިކުމެފައެވެ. ގިނަގޭގޭގައި ފުޅިބައްތިއެއްވެސް ނެތްކަމަށާއި ފިހާރަތަކުން އުއްބައްތިވެސް ހުސްވެފައިވާ ކަމަށް ބައެއް ރަށްރަށުން ބުނެއެވެ. "މާދަމާ ކުދިން ސްކޫލްއަށް ގެންދާނެ ގޮތެއްވެސް ނޭނގެ. ހަވީރު ފަހެއް ޖެހީއްސުރެ ކަރަންޓް ނެތް. ފިލާވަޅު ހެދޭނެ ގޮތެއްނެތް. ކެއްކޭނެ ގޮތެއްނެތް. ހޫނުގަދަ ކަމުން ކުދިވެރިން ރޮނީ" ހިތަދޫއިން ވާހަކަ ދެއްކި މީހަކު ޙާލަތު ބަޔާންކުރަމުން ކިޔައިދިނެވެ. އައްޑޫ ސިޓީގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި އިޙްސާސްތައް ބަންޑުން ކުރަމުންނެވެ. އެގޮތުން ޝުހާ ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވަނީ " ކަނު އަނދިރީގައި ތިބޭތާ 6 ގަޑިއިރު، ފެނަކަ ހަނު" މިހެންނެވެ. އެހެން މީހަކު ބުނެފައިވަނީ "ހުސެއިނާގެ އިންޖީނުގެއިން ކަރަންޓު ދިން އިރުވެސް މިވަރު ނުވޭ' ކަމަށެވެ. "އައްޑޫއިން ހޮވި 7 މީހުން އަމިއްލަ އެދުން ޙާސިލް ކުރުމުގައި އަވަދިނެތި، ވޯޓްލީ އަޅުން ޙާލެއް ނެތި، މަޖިލިސް ޗުއްޓީއަށް ދިޔައިރު އަހަރެމެންނަށް ޒީރޯ" އިބްރާހީމް ކިޔާމީހަކު އޭނަގެ އިޙްސާސްތައް ބަންޑުން ކޮށްލިއެވެ."މީ ޙައްޤު މިންވަރު. ޖަޒީރާވަންތަކަމުގައި ތިބޭނީ ކަރަންޓާ ނުލާ" އާސިޔާ ކިޔާމީހަކު ފޭސްބުކްގައި ލިޔެފައި ވެއެވެ. "ޖަޒީރާ ވަންތަ އަނދިރި ދައުލަތަކީ އައްޑޫސިޓީ" ކަމަށްވެސް އެހެން ބޭފުޅަކު ލިޔެފައިވެއެވެ. ދިޔަރެސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެއް އިންޖީނުވަނީ ހަލާކުވެފައެވެ. އަދި ޕެނަލްބޯޑެއްގެ މައްސަލަވެސްވަނީ ކުރިމަތިވެފައެވެ. އަދިވެސް އައްޑޫގެ ގުޅިފައިވާ ހިތަދޫ، މަރަދޫ މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުން ތިބީ ކަނުއަނދިރީގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ