އުރީދޫ އެޕުން 50 ރުފިޔާ ރިޗާޖުކޮށްގެން ސެމްސަންގް އެސް 25 އަލްޓްރާއެއް ހޯދުމުގެ ފުރުސަތު

އުރީދޫ އެޕުން 50 ރުފިޔާއާ ހަމައަށް ރިޗާޖުކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާއާ ހަމައަށް ރިޗާޖުކޮށްގެން ނުވަތަ 50 ރުފިޔާގެ އެޑް-އޮންއެއް ނަގައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒަކީ، ސެމްސަންގް އެސް 25 އަލްޓްރާއެކެވެ. އުރީދޫ އެޕުން 50 ރުފިޔާ ރިޗާޖުކޮށްލައިގެން ސެމްސަންގް އެސް 25 އަލްޓްރާއެއް ލިބުމުގެ ފުރުސަތު -- ފޮޓޯ/ އުރީދޫ އޭގެ އިތުރުން މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ވެސް އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ: ސެމްސަންގް ގެލެކްސީ ވޮޗް އެޕަލް ވޮޗް ސެމްސަންގް ގެލެކްސީ ބަޑްސް ވާވޭ ވޮޗް ބަޑްސް އެޕަލް އެއާޕޮޑްސް އެކްސްބޮކްސް ޖޭބީއެލް ވަޔަލެސް ޕޯޓެބަލް ސްޕީކާ ޝައުމީ ރޮބޮޓް ވެކިއުމް އުރީދޫން ވަނީ މިއީ، ފަސޭހަކަމާއެކު އަގުހުރި އިނާމުތަކެއް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ