އިންސާފުގެ ވާހަކަ ދައްކަވާއިރު ދިވެހި ރާއްޖޭގެ ދުސްތޫރު ވަނީ ފުނޑާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement
އިންސާފުގެ ވާހަކަ ދައްކަވާ ބޭފުޅުން ދިވެހިރާއްޖޭގެ ދުސްތޫރު ފުނޑާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމާ ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ދުސްތޫރު ފުނޑާލާފައިވާ ކަމުގެ ވާހަކަ ދައްކަވަނީ ކޮންމެހެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި އެހެން ފަނޑިޔާރުން މާމުހިއްމު ވެގެންނެއް ނޫން ކަމަށެވެ. ކަންބޮޑުވަނީ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތައް ފުނޑާލާ، އުސޫލުން ބޭރުން ކަންކަން ކުރަމުންދާތީ ކަމަށެވެ. އެގޮތުން ޖޭއެސްސީން މިހާރު ކުރަމުންދަނީ ފަނޑިޔާރުންގެ ގާނޫނާއި މުޅިން ޚިލާފު އަމަލުތަކެއް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ޖޭއެސްސީގެ މެންޑޭޓުގައި އެ ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ގާނޫނޫ އަސާސީގެ 159 މާއްދާގައި ބަޔާންވެގެންވާ ކަމަށެވެ. އެކަމަކު ޖޭއެސްސީން މިއަދު ކުރަމުންދާ ކަންކަމަށް ބަލާލުމުން އެ ކޮމިޝަނުން ގާނޫނާ ހިލާފަށް ކުރާ އެތައް ކަމެއް ހުރިކަން އެނގި ހާމަވާނޭ ކަމަށްވެސް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ގާނޫނޫ އަސާސީގެ 145 ވަނަ މާއްދާގައި ސުޕްރީމް ކޯޓުގެ ބާރުތައްވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެންމެ ފަހު ބަސް ބުނާ ކޯޓަކީ ސުޕްރީމް ކޯޓު ކަން އެނގޭ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުންތަކެއް ޖޭއެސްސީން ބަލަމުންދާ ކަމަށާއި އެކަމަކު ޖޭއެސްސީ އަކު ސުޕްރީމް ކޯޓަށް ވުރެ މަތީ އިދާރާއެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ މައްޗަށް ވެރިވެގެން އުޅޭ ސަބަބެއް ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. މިފަދަ ކަންކަން ޝަރުއީ ދާއިރާގައި މިވަގު ހިނގަމުންދާތީ އަދުލު އިންސާފުގެ ވާހަކަތައް ދެއްކުމުގެ އެވެސް ބޭނުމެއް މިހާރު ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފައިވާއިރު، އެމައްސަލައިގެ ބަހުސްގައި ދެ ފަނޑިޔާރުން ވަކިކުރުމަށް އެމްޑީޕީގެ މެންބަރުން މިއަދު ވަނީ ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ގެންދަވަނީ ދެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ ދުސްތޫރު ވަނީ ފުނޑާލާފައި: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ