ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަޤާމުން ދުރުކޮށް ފަނޑިޔާރު އަބްދުﷲ އަރީފު ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރެއްގެ މަޤާމް ހުސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ޖޭއެސްސީ އަށް ހުށަހެޅުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރި މަތިލެވެނީ، އުމުރުން 30 އަހަރު ވެފައިވާ ފަރާތްތަކަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހެ އެވެ.
އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަޤާމުން ދުރުކޮށްފައިވަނީ ޖޭއެސްސީން ތަހުގީގު ކުރި ސުލޫކީ މައްސަލައެއް ސާބިތުވުމާއި ގުޅިގެންނެވެ. މީގެ އިތުރުންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅާ މަޤާމުން ވަކިކުރުމަށް ނިންމާ މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. ފަނޑިޔާރު ޣަނީ މިވަގުތު ހުރީ ސަސްޕެންޑް ކޮށްފައެވެ.
ސުޕްރީމް ކޯޓު ހިންގެވުމާ މިވަގުތު ހަވާލުވެ ވަޑައިގެން ހުންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. ޑރ. އަޒްމިރާލްދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެވުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޑރ. އަޒްމިރާލްދާ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަންވެސް ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ