މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކާނަލް އަހުމަދު ނަސީމް (ބޮޑު ބޯޅަ ނަސީމް) ރިޓަޔާ ކުރައްވައިފިއެވެ.
"ވަގުތަށް" މައުލޫމާތުދެއްވަމުން މޭޖަރ އަދުނާނު މުހައްމަދު ވިދާޅުވީ އެމްއެންޑީއެފްގެ ކާނަލް ނަސީމް ރިޓަޔާ ކުރައްވާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭނާ ރިޓަޔާ ކުރެއްވި ސަބަބެއް އަދުނާން ހާމައެއް ނުކުރައްވައެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ނަސީމް ރިޓަޔާ ކުރެއްވީ އެމްއެންޑީއެފްގައި ރިޓަޔާ ކުރުމަށް އޮންނަ އުސޫލުގެ ދަށުންނެވެ.
ނަސީމަކީ 2014 ވަނަ އަހަރު ޖުމްހޫރީ ދުވަހު، އުފެންދުންތެރި ކަމުގެ ރޮގުން ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
މީގެއިތުރުން ނަސީމަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) ރިޓަޔާރޑް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި "ހަނގުރާމަވެރި ހަތިޔާރު" އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެ ނާޒިމް 11 އަހަރަށް ޖަލަށްލި މައްސަލާގައި ނާޒިމް ދިރިއުޅޭ ގ. އެނިފް ގެއިން ފެނުނު ކަމަށް ބުނާ ޕެންޑަރައިވްގައި ހުރި ޑޮކިއުމަންޓްތަކުގައި ފާހަގަކޮށްފައިވާ ނަމެކެވެ.
ނަސީމަކީ ނާޒިމް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރިއިރު، އެމްއެންޑީއެފްގެ ބަޑި ގުދަނާ ހަވާލުވެހުންނެވި ވެރިޔާއެވެ. ނަމަވެސް ފަހުން އޭނާ އެހެން މަގާމަކަށް ބަދަލުކުރައްވާފައިވެއެވެ.
ކާނަލް އަހުމަދު ނަސީމް ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ