އަންގާގާ އައިލެންޑް ރިސޯޓްގައި ބައެއް ގަޑިތަކުގައި ފެނާއި ކަރަންޓް ކަނޑާލަނީ

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން އައުން މަދުވެފައިވާތީ އަންގާގާ އައިލެންޑް ރިސޯޓް އެންޑް ސްޕާ އިން ބައެއް ގަޑިތަކުގައި ފެނާއި ކަރަންޓު ކަނޑާލަން ފަށައިފިއެވެ.
އެ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު "ވަގުތަށް" ބުނީ ކޮންމެ ދުވަހެއްގައި ހަތް ގަޑިއިރަށް އެ ރިސޯޓުން ކަރަންޓާއި ފެން ކަނޑާލަމުންދާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ކަރަންޓާއި ފެން ކަނޑާލަނީ ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން 11 އަށާއި މެންދުރު އެކަކުން ހަވީރު ފަހެއް ޖަހަންދެނެވެ.
އެކަމުގެ ސަބަބުން މުވައްޒަފުންނަށް ވެސް އެކިވަރުގެ ދަތިތަކާ ދިމާވާ ކަމަށް އޭނާ ބުންޏެވެ.
އެ ރިސޯޓްގައި ހުރި އިތުރު މުވައްޒަފަކު ބުނީ ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅި ނަމަވެސް އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ.
މިއީ ރާއްޖޭގެ އެހެން ބައެއް ރިސޯޓްތަކުގައި ވެސް މިހާރު ދިމާވާ މައްސަލައެއް ކަމަށްވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 14 ދުވަސް ވަންދެން ރިސޯޓުތަކުން މީހުން ފޭބުން މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ