ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގެ
ޓައިޓަލް ސްޕޮންސަރަކަށް ޗައިނާގެ މޯބައިލް ފޯން ކުންފުނި ޓެކްނޯ ހަމަޖައްސައިފި އެވެ.
އެހެންކަމުން ނޮވެމްބަރު 4 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި
އޮންނަ މި އަހަރުގެ މުބާރާތް ކުރިއަށްދާނީ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް"
ގެ ނަމުގަ އެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން
ގުޅިގެން އިއްޔެ ޑާކާގައި ބޭއްވި ހާއްސަ އިވެންޓެއްގައި މި އަހަރުގެ މުބާރާތް ވަނީ
ރަސްމީކޮށް ލޯންޗުކޮށްފަ އެވެ.
ޑާކާ ޝެރެޓަން ހޮޓަލުގައި އޮތް މި އިވެންޓުގައި މި ސަރަހައްދުގެ ގައުމުތަކުގެ
މަންދޫބުންނާއި، ފުޓްބޯޅައިގެ އިސްވެރިންގެ އިތުރުން، ނޫސްވެރިންނާއި، ސޯޝަލް
މީޑިއާ އިންފްލުއެންސަރުން ބައިވެރިވި އެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ
ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރު ޝިއުނީން ރަޝީދެވެ.
ސާފްގެ ގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޮޓަމް ކަޓޭލް ވިދާޅުވީ ޓެކްނޯއާ އެކު
ވެވުނު ޕާޓްނާޝިޕާ އެކު މި މުބާރާތް އިތުރު ހަރުފަތަކަށް އުފުލިގެންދާނެ ކަމަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން މީގެ ކުރިން ނަގާފައިވާ
ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ކޮކާކޯލާ، ކާބަން، އަދި ސުޒުކީ އެވެ. ފަހަކަށް
އައިސް މުބާރާތަށް ބައިނަލްއަގްވާމީ ސްޕޮންސަރުން ހޯދަން އުނދަގޫވެފައިވަނިކޮށް،
ބަންގްލަދޭޝްއިން ޓެކްނޯއާ އެކު މި ހެދި އެއްބަސްވުމާ އެކު މުބާރާތުގެ ފެންވަރު މަތިވެގެންދާނެ
ކަމަށް ބެލެވެ އެވެ.
ޗައިނާގެ ޓެކްނޯ އިން ސާފް ޗެމްޕިއަންޝިޕް ސްޕޮންސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ