ޒުވާނުންނާއި އަންހެނުން ސިޔާސީގޮތުން ބާރުވެރިކުރުވުމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، 5,600 އަށްވުރެ ގިނަ ޒުވާނުންނަށް އަމާޒުކޮށްގެން ލޯނު ސްކީމެއް ތަޢާރަފްކޮށްފައިވާ ކަމަށާއި، ކްރިއޭޓިވް އިކޮނޮމީގެ ތެރެއިން ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ވަޠަނީ ޚިދުމަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ޙަރަކާތްތަކުގެ ސަބަބުން ޤައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި، އަދި ބިނާކުރަނިވި ޒުވާނުންތަކެއް އުފެދިގެންދާނެ ކަމަށެވެ.
އިންތިހާބުކުރާ ގޮތަށް ޒުވާނުންގެ މަޖިލީހެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ