ގައުމުގައި ހަމަޖެހުން ދެމި އޮންނާނީ ހަމަހަމަކަން ގާއިމްކޮށްގެން: ގާސިމް

ގައުމުގެ ހަމަޖެހުމާއި އަމާންކަން ދެމިއޮންނާނީ ހުރިހާ ރައްޔިތުންނާ މެދު ވެސް ހަމަހަމަކަމާ އެކު އެއް އުސޫލަކުން އަމަލުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހާ ގުޅިގެން ނެރުއްވި ހިތޯބުގައި ގާސިމް ވިދާޅުވީ ގައުމެއްގެ ހަމަޖެހުމަށް އޮތް އެންމެ މުހިއްމު ކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގުތައް ހިމާޔަތްކޮށްދީ ކަށަވަރުކޮށްދިނުން ކަމަށެވެ.
ގައުމީ ދުވަހެއްގައި އެންމެންގެ ވެސް ވާޖިބަކަށް ވާން ޖެހެނީ ރައްޔިތުންގެ އަމާންކަމާއި ހައްގުތައް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިއަދު 71 ވަނަ ގައުމީ ދުވަސް ފާހަގަކުރާއިރު، ހަނދާން އާކޮށް ހިތްވަރު ލިބިގަންނަން ޖެހޭނީ ގައުމީ ބަތަލުން ގައުމަށްޓަކައި ވެފައިވާ މަތިވެރި ގުރުބާނީ އާއި އަގުނުކުރެވޭ ފަދަ ހިދުމަތްތަކުގެ މަތިންނެވެ. ގައުމީ ދުވަހަކީ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި އަބުތާލުންގެ މަތިން ޒިކުރާ އާކުރަން ޖެހޭ ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ