ވޯލްޑް ކަޕްގެ، ހުރިހާ އިންޑަވިޖުއްލަ އެވޯޑްތަކެއް ސްޕެއިންގެ ރޮޑްރީ ހެނާންޑޭޒާއި، އުނައި ސިމޮން އަދި ޕައު ކުބާސީ ހާސިލުކޮށްފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ފާހަގަކޮށްލެވުނު ވަނަތައް ހޯދައިގެން ސްޕެއިނުން ވަނީ މުޅި މުބާރާތް ޑޮމިނޭޓް ކޮށްފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ގޯލްޑަން ބޯލް އެވޯޑް ހާސިލްކުރީ ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ހެނާންޑޭޒެވެ. މެންޗެސްޓާ ސިޓީގެ ތަރި ވަނީ މުޅި މުބާރާތުގައި ސްޕެއިންގެ މެދުތެރެ ކޮންޓްރޯލްކޮށް، އެންމެ ގިނަ ޕާސް ފުރިހަމަކުރުމުގެ ރެކޯޑް ހޯދާފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަށް، ދޭ ގޯލްޑަން ގްލޯވް އެވޯޑް ހާސިލް ކުރީ ސްޕެއިންގެ އުނައި ސިމޮން އެވެ. މުޅި މުބާރާތުގައި ކުޅުނު ހަތް މެޗުގައި އޭނާ ބެލެހެއްޓި ގޯލަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ.
ފައިނަލް މެޗުގެ 120 މިނެޓު ވެސް އެތުލެޓިކް ކްލަބް ބިލްބާއޯގެ ކީޕަރު ވަނީ ބައިކޮޅަށް ގޯލަެއް ވަނަ ނުދީ ނިންމާލާފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިންގެ އުމުރުން 19 އަހަރުގެ ޑިފެންޑަރު ޕައު ކުބާސީ އެވެ. ބާސެލޯނާގެ މި ސެންޓަ ބެކް ވަނީ ތަޖުރިބާކާރު ކުޅުންތެރިޔެއްއް ފަދައިން ސްޕެއިންގެ ޑިފެންސް ލައިން ބަލަހައްޓައިފަ އެވެ.
ފައިނަލް މެޗުގައި ލިއޮނަލް މެސީ ހުއްޓުވުމުގައި މުހިންމު ދައުރެއް އޭނާ އަދާކުރި އެވެ.
މޮޅު ކުޅުންތެރިޔަކަށް ރޮޑްރީ، އެއްވަނަ ކީޕަރަކީ ސިމޮން، ޒުވާން ތަރީގެ އެވޯޑް ކުބާސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ