ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިއަކީ ރޮޑްރީ، ދެވަނަ މެސީ އަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ސްޕޭނުގެ ކެޕްޓަން ރޮޑްރީގޯ އަށް ދީފި އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބޭއްވި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބުމުން ފައިނަލް މެޗަށް ފަހު ވަނީ ރަންބޯޅަ ހަވާލުކޮށްދީފަ އެވެ.
މުބާރާތުގެ ސިލްވަބޯޅަ ލިބުނީ ފައިނަލްގައި ސްޕޭން އަތުން ބަލިވި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށެވެ. އޭނާ އަކީ މީގެ ހަތަރު އަހަރު ކުރިން 2022ގައި ގަތަރުގައި ބޭއްވި މުބާރާތާއި 2014 ވަނަ އަހަރުގެ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މި ފަހަރުގެ މުބާރާތުގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހާސިލްކުރި ކުޅުންތެރިޔާ އެވެ.
މެންޗެސްޓާ ސިޓީ އަށް ކުޅޭ ރޮޑްރީ އަކީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި އޭނާ ވަނީ އެ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލް ކޮށްފަ އެވެ.
ދެ ވަނަ ފަހަރަށް ސްޕޭން ވޯލްޑް ކަޕް ކާމިޔާބު ކުރީ ދިފާއީ ޗެމްޕިއަން އާޖެންޓީނާ ކޮޅަށް އިތުރު ވަގުތުގެ ފުރަތަމަ 15 މިނިޓް ތެރޭގައި ފެރަން ޓޮރޭޒް ޖެހި ހަމައެކަނި ގޯލުންނެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ސްޕޭން މި ތަށި ހޯދި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ