ވޯލްޑް ކަޕުގެ ރަންބޫޓު އެމްބާޕޭ އަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަންބޫޓު ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ ހާސިލް ކޮށްފި އެވެ.
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި މިރޭ ނިމުނު މުބާރާތުގެ ރަންބޫޓު އޭނާ އަށް ލިބުނީ އެ މަގާމަށް އޭނާއާ ވާދަކުރި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ފައިނަލުގައި ގޯލެއް ނުޖެހުމުންނެވެ. ޗެމްޕިއަންކަން ހޯދި ސްޕޭން އަތުން ސެމީ ފައިނަލުގައި ބަލިވި ފްރާންސްގެ ކެޕްޓަން މި ފަހަރުގެ މުބާރާތުގައި ޖަހާފައިވަނީ 10 ގޯލެވެ. އޭނާ މި އަދަދު ހަމަކުރީ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އިނގިރޭސިން ކޮޅަށް ޖެހި ދެ ގޯލާއެކުގަ އެވެ.
މިއީ އެމްބާޕޭ ވޯލްޑް ކަޕުގެ ރަންބޫޓު ހާސިލްކުރު ދެ ވަނަ ފަހަރެވެ. ރެއާލް މެޑްރިޑްގެ ފޯވަޑް ވަނީ 2018 ވަނަ އަހަރުގެ މުބާރާތުގެ ރަންބޫޓު ހާސިލްކޮށްފަ އެވެ.
މި ފަހަރުގެ މުބާރާތުގެ ސިލްވް ބޫޓު ލިބުނީ މެސީ އަށެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑު ޖަހައިފަ އެވެ. އަދި ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މިވަގުތު ހިއްސާ ކުރަމުންދަނީ ވެސް 21 ގޯލާއެކު މެސީ އާއި އެމްބާޕޭ އެވެ.
މި ފަހަރުގެ މުބާރާތުގެ ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމާއި މެންޗެސްޓާ ސިޓީ އަށް ކުޅޭ ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ. މި ދެ ކުޅުންތެރިން ވަނީ ހަތް ގޯލު ޖަހައިފަ އެވެ.
މި ލިސްޓުގައި ދެން ހިމެނެނީ ހަ ގޯލު ޖެހީ ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ އާއި އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. ސްޕޭނުގެ ފޯވަޑް މިކޭލް އޮޔަޒަބަލް ޖަހާފައިވަނީ ފަސް ގޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ