ހޯޑެއްދޫ އިންޖީނުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ނަގައިފި

ގދ. ހޯޑެއްދޫ އިންޖީނުގޭގެ ތިޖޫރީ ފަޅާލާ އޭގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ، ތިޖޫރީ ފަޅާލި ކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ މެންދުރު 12:00 އެހާއިރު ކަމަށާއި ތިޖުރީ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެރަށު ވަލުތެރެއިން ކަމަށެވެ.
ފުލުހުން ބުނީ، މައުލޫމާތު ލިބިފައިވާ ގޮތުގައި ތިޖޫރީ ވަގަށް ނެގިއިރު 43،000 ރުފިޔާ ހުރި ކަމަށެވެ. ތިޖޫރީ ފެނުނު އިރު ވަނީ ފަޅާލާފައި ކަމަށާއި އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި އެމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ