ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައިދައިތަ ރަޝީދާ މުހައްމަދު ދީދީ ނިޔާވެއްޖެއެވެ.
ރަޝީދާ މުހައްމަދު ދީދީ ނިޔާވީ ހާލުކޮޅު ބޮޑުވުމުގެ ސަބަބުން ސްރީލަންކާއަށް ގެންގޮސް ނަވަލޮކާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.
ރަޝީދާ މުހައްމަދު ދީދީ ފާސްދާނުލުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު ޖާވައްތަ މިސްކިތުގެ ގަބުރުސްތާނުގައެވެ.
ސުވަދިވްގެ ރައީސް އަބްދުﷲ އަފީފުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ނާފިޒުގެ އަނބިކަނބަލުން ރަޝީދާ މުހައްމަދު ދީދީ އަކީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފާރޫގާއި، ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒާއި، އެމްއެންޔޫގެ ލެކްޗަރަރ ޑރ. ޒަކީ ނާފިޒުގެ މަންމާފުޅެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައިދައިތަ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ