ވިލުފުށީ އިސްރައްވެހިންނަށް ރައްކާތެރިގޮތުގައި ފައިސާ ގެންގުޅުމާ ބެހޭގޮތުން މައުލޫމާތުދީފި

ތ.ވިލުފުށީގެ އިސްރައްވެހިންނަށް ރައްކާތެރިގޮތުގައި ފައިސާ ގެންގުޅުމާ ބެހޭ ގޮތުން ފުލުހުން މައުލޫމާތު ދީފިއެވެ.
ތ. ވިލުފުށީ ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމުގައި ފުލުހުން ވަނީ އިސްރަށްވެހިން ދިރިއުޅެމުންދާ ގެތަކަށް ޒިޔާރަތްކޮށް އިސްރަށްވެހިންނާ ބައްދަލުކޮށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައެވެ.
އިސްރައްވެހިންނަށް އަމާޒުކޮށްގެން ހިންގި މި ޕްގްރާމުގައި އިސްރަށްވެހިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދައި، ރައްކާތެރިގޮތުގައި ފައިސާ ގެންގުޅެންވީ ގޮތުގެ މަޢުލޫމާތާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން ކޭޝްކާޑުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށާއި ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ނުދަންނަ ނަންބަރުތަކުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާހޯދާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ މިފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައި ވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
އަދި މިފަދަ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށްޕ ސަމާލުވުމަށާއި މިފަދަކަމެއް ފާހަގަ ކުރެއްވިއްޖެނަމަ ފުލުހުންނަށް އެކަން ރިޕޯޓްކުރުމަށް އިރުޝާދު ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ