ފާރިޝް އާ ބައްދަލުކުރެއްވުމަށް ރައީސް މައުމޫން އާއި ދުންޔާ މާފުށީ ޖަލަށް.!

ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް މައުމޫނާ ބައްދަލު ކުރެއްވުމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެއްބަނޑުއެއްބަފާ ދައްތަ، އަދި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު މާފުށީ ޖަލަށް ވަޑައިގެންފި އެވެ.
ފާރިޝް ހައްޔަރުކުރި ފަހުން ރައީސް މައުމޫން އޭނާއާ ބައްދަލުކުރަން މާފުށީ ޖަލަށް ވަޑައިގަތް މިއީ ފުރަތަމަ ފަހަރެވެ.
މިއަދުގެ މި ބައްދަލުކުރެއްވުމަގައި ކުރީގެ ރައީސް މައުމޫން އާ އެއްކޮށް ދުންޔާ މައުމޫން އަދި އެކަމަނާގެ ފިރކަލުން ވެސް ވަނީ މާފުށީ ޖަލަށް ޒިޔާރަތް ކޮށްފައެވެ.
ފާރިޝް ހައްޔަރުކޮށްފައި ވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ