ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ޖަލުން މިނިވަންވުމުގެ އުފާފާޅުކުރުމަށް މިރޭ އެމްޑީޕީ ހަރުގޭގައި ބޭއްވުމަށް ނިންމާފައިވާ ޚާއްސަ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު ހެނދުނު 8:30ގައި މެންބަރު މަހުލޫފު ޖަލުން މިނިވަންވުމާއި ގުޅިގެން އެކަމުގެ އުފަލުގައި މިރޭ އެމްޑީޕީ ހަރުގޭގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކަށްފަހު މަހުލޫފު ޖަލުން މިނިވަންވިއިރު، މިއީ ސިޔާސީ ބޭފުޅަކު ހުކުމެއް ތަންފީޒުކުރެއްވުމަށްފަހު ޖަލުން މިނިވަންވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
މިރޭ 9:30ގައި ޚާއްސަ ތަރާވީހަކާއިއެކު އެމްޑީޕީ ހަރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށާ އެހެންކަމުން އިއްތިހާދުގެ އެކި ޕާޓީތަކަށް ނިސްބަތްވާ ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް އެދޭކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ބުނާ ދެ މައްސަލައަކާއި ގުޅިގެން އިއްވި ދެ ހުކުމަށްފަހު، ހުކުމް ތަންފީޒުކޮށް މަހުލޫފް ޖަލުން މިނިވަންވިއިރު، ޖަލުގައި ތިން ފަހަރެއްގެ މަތިން އޭނާ ވަނީ އެހަކެރިކޮށްފައެވެ.
އެގޮތުން ޖަލަށްލެވުނުތާ ކުރީކޮޅު 40 ދުވަސްވަންދެން އަދި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަހުލޫފް ވަނީ އެކަހެރިކޮށްފައެވެ. މީގެ އިތުރަށް މަހުލޫފް މިނިވަންވިއިރުވެސް އޭނާ ހުންނެވީ އެކަހެރިކޮށްފައިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މަހުލޫފް މިނިވަންވެފައިވާއިރު، އދގެ ވޯކިން ގުރޫޕުން ވަނީ މަހުލޫފަށް އިއްވި ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫންކަމަށާ މަހުލޫފް ވަގުތުން މިނިވަންކޮށް ލިބުނު ގެއްލުމުގެ ބަދަލުު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.
ރަައީސް އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި މެންބަރު މަހުލޫފް ސަރުކާރަށް ފާޑުވިދާޅުވެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ފެށީ، ސަރުކާރުގެ ތެރޭގައި ވައްކަމާއި ފަސާދަ އާންމު އެކަމާއި ދެކޮަޅަށް އަޑުއުފުލުއްވަން ފެއްޓެވުމުން ޕީޕީއެމްއިން އޭނާ ވަކިކުރެއްވުމާއި ގުޅިގެންނެވެ.
މަހުލޫފަށް މަރުހަބާ ކިޔުމަށް ބާއްވާ ޖަލްސާގައި ގާސިމް ބައިވެރިވެވަޑައިގަންނަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ