ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީ ސަސްޕެންޑް

މީގެ ކުރީންވެސް ގާޒީ އަލީ އާދަމްގެ މައްސަލައެއް ޖޭއެސްސީން ވަނީ ބަލާފައެވެ.
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި ކަމުގެ ތުހުމަތު އޮތް ގާޒީ ސަސްޕެންޑް ކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ގާޒީ އަލީ އާދަމް ވަޒީފާ އަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ވަނީ ނިންމާފައެވެ.މީގެ ކުރީންވެސް ގާޒީ އަލީ އާދަމްގެ މައްސަލައެއް ޖޭއެސްސީން ވަނީ ބަލާފައެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ